މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރުމަށް ގއ. ނިލަންދޫން ދިގު މުއްދަތަކައް ބިމެއް ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.
ކައުންސިލުން 10 އަހަރު މުއްދަތައް ކުއްޔަށް ދިނުމަށް ނިންމާފައިވަނީ، އެރަށުގައި ލަނޑާ ކައްކާ ހިއްކުމަށް މިހާރު ބިންދޫކޮށްފައިވާ ސަރަޙައްދާއި އިންވެގެން ކުނިގޮނޑާއިވީ ފަޅިން 2،000 އަކަފޫޓްގެ ބޮޑު ބިމެކެވެ. މަސްކައްކާ ހިއްކުމާއ،ި ލޮނުމަސް އެޅުމުގެ މަސައްކަތައް ދޫކުރާ މި ބިން ކުއްޔަށް ނަގަން ޝައުގުވެރިވާ ކުންފުނިތަކާއި، ލޯކަލް އިންވެސްޓްމެންޓްތަކާއި، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކައް ބީލަން ހުށަހެޅުމުގެ ފުރުސަތު ކައުންސިލުން މިއަދު ވަނީ ހުޅުވާލާފައެވެ.
ބިން ކުައްޔަށް ނަގަން ޝަޢުޤުވެރިވާ ފަރާތްތަކުން 02 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 11:00 އަށް ކައުންސިލް އިދާރާއަށް ގޮސް، ބީލަން ފޯރމް ހުށަހެޅުމަށް ކައުންސިލުން އެދިފައި ވެއެވެ. ބިމުގެ އަގުގެއް ގޮތުގައި ބީލަން ހުށަހެޅޭނެ އެންމެ ކުޑައަގު 500ރުފިޔާ ކަމަށާއި، ގްރޭސް ޕީރިއަޑްގެ ގޮތުގައި އެއް މަސްދުވަސް ހަމަޖައްސައިދޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ބީލަން އެވޯޑް ކުރާނެ ފަރާތެއް ކަނޑައެޅުމަށް ކައުންސިލުން ވަނީ އެވެލުއޭޝަން ކްރައިޓީރިއާއެއް އެކުލަވާލާފައެވެ. އޭގައިވާގޮތުންނަމަ، ބިމަށް ހުށަހަޅާ އަގަށް 85
ޕޮއިންޓް، ތަޖުރިބާއަށް 15 ޕޮއިންޓް ލިބޭނެއެވެ. މަސައްކަތުގެ ތަޖުރިބާއަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ، މި ފަދަ މަސައްކަތް ކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުން މަސައްކަތް ކޮށްފައިވާ ކޮންމެ އަހަރަކަށް 3 ޕޮއިންޓް، ނުވަތަ މަސައްކަތްކޮށްފައިވާ މުއްދަތަކައް ބަލައި، އެންމެ ގިނަވެގެން 15 ޕޮއިންޓް ދޭގޮތަށެވެ.
މި ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް، info@nilandhoo.gov.mv އަށް މެއިލްކޮށްލައިގެން ނުވަތަ 4000012 ނަމްބަރަށް ގުޅާލައިގެން މައުލޫމާތު ސާފުކޮށްލެވޭނެއެވެ. .