ހދ. ކުމުންދޫ ކައިރިން ބަންޑުން ޖަހާލައިފި އެވެ.
ހދ. ކުޅުދުއްފުށިން ފުރައިގެން ށ. ކޮމަންޑޫއަށް ދަތުރުކުރަމުންދިޔަ އެ ލޯންޗު، ހދ. ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދު ހެނދުނު 08:45 ހާއިރުކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނެފައި ވެއެވެ. އެމްއެންޑީއެފް އިން ބުނީ، އެ މަޢުލޫމާތު ލިބުމާ އެކު، ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗު އެ ސަރަހައްދަށް ގޮސް، ކަނޑުވެފައި ތިބި ހަތަރު މީހުން ސަލާމަތްކޮށް، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ދެރަވުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރކްފާރްޓްގައި އެމީހުން ހދ. ކުޅުދުއްފުއްޓަށް ގެންގޮސްދީފައި ވާކަމަށެވެ. މި ލޯންޗުން ކަނޑުވި އަނެއް ދެ މީހުން، ލޯންޗުގެ ވެރިފަރާތުން ފޮނުވި ސަޕްލައި ދޯންޏަކަށް ނަގާފައިވާކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ












