މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ރ.ރަސްގޭތީމުގައި މަސްރޭހެއް ބާއްވަން ނިންމައިފިއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރަން ރަސްގެތީމު ކައުންސިލުން އިންތިޒާމުކުރާ މި މަސް ރޭސް ބާއްވަން ނިންމާފައިވަނީ އަންނަ ޑިސެމްބަރުމަހުގެ 12ވާ ހުކުރު ދުވަހުއެވެ.
ކައުންސިލުން ބުނީ، މިއަދު ފެށިގެން މަސްރޭހުގައި ބައިވެރިވާން އެދޭ ފޯމާއި މަސްރޭހުގެ ގަވާއިދު ކައުންސިލް އިދާރާއިން ދޫކުރާނެކަމަށެވެ. އަދި ރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 27ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފޯމް ހުށަހެޅުމަށް ކައުންސިލުން އެދިފައި ވެއެވެ.
މަސް ރޭހުގައި ތިން ވަނައެއް ހޮވައެއް ނިންމާފައިވާއިރު، ވަނަތައް ކަނޑައަޅާނީ އެންމެ ގިނަ މަސް ކިރާ ޓީމްތައް ބަލައިގެންނެވެ. މީގެ އިތުރުން، އެންމެ ގިނައިން މަސް ބާނާ ފަރާތަށާއި، އެންމެ ބަރުމަސް ބާނާ ފަރާތައްވެސް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައި ވެއެވެ.
މަސްރޭޙަށް ހުށަހެޅިފައވާ އިނާމު:
2ވަނަ ( 2 ވަނައަށް އެންމެ ގިނަކިލޯ ކިރާ ޓީމު ) 5000ރ
3ވަނަ ( 3 ވަނައަށް އެންމެ ގިނަކިލޯ ކިރާ ޓީމު ) 3000ރ
އެންމެ ގިނަ މަސްބާނާ މީހަކަށް 700 ރުފިޔާ އެކު ޓްރޮފީ
އެންމެ ބަރު މަސްބާނާ މީހަކަށް 700 ރުފިޔާ އެކު ޓްރޮފީކޮންމެ އަހަރަކުވެސް މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެގޮތުން ރަސްގަތީމުގައި މަސް ރޭހެއް ބާއްވައެވެ. މި ރޭހަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންއަންނަކަން ފާހަގަކުރެވެއެވެ.