ކުރިޔަށްއޮތް ދެ ދުވަހު ރާއްޖޭގެ އެކި ސަރަަހައްދުތަަކަށް ވިއްސާރަ ކުރާނެކަަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
ކުރިޔަށް އޮތް ތިން ދުވަހަށް މޫސުން ކުރިޔަށް ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ، ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެކަމަށް ލަފާކުރެވޭތީ އަންގާރަ އަދި ބުދަ ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުން އެކަށީގެންވާކަމަށެވެ. އަދި، އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ބުނެފައި ވެއެވެ.












