މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު(ބ އަތޮޅު) ކައުންސިލްގެ އިދާރާއިން ދެމުން އައި ކަނޑު ލައިސަންސްގެ ޚިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލައިފި އެވެ.
އެކައުންސިލުން މިކަން އާންމުކޮށް އަންގާ މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ ޓްރާންޕޯޓް މިނިސްޓްރީން ކަނޑު ލައިސަންސް ފޮތަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދާތީ، ކައުންސިލް އިދާރާއިން ފޯރުކޮށްދެމުންގެންދާ ކަނޑު ލައިސަންސްގެ ޚިދުމަތް، މިއަދުންފެށިގެން ވަގުތީ ގޮތުން މެދުކަނޑާލާނެކަމަށެވެ.
ކައުންސިލުން ބުނީ، ކަނޑު ލައިސަންސްފޮތް އިޞްލާހުކޮށް މިނިސްޓްރީން ކައުންސިލަށް ފޮނުވިހާ އަވަހަކަށް ކަނޑު ލައިސަންސްގެ ޚިދުމަތް އަލުން ފަށާނެ ތާރީޚެއް އާއްމުކޮށް އިޢުލާން ކުރާނެ ކަމަށެވެ.










