ރ.ރަސްމާދޫ ގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މަސްކަނޑާތަން ޑިޒައިން ކުރުމާއެކު އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
ރަސްމާދޫ ކައުންސިލުން ބުނީ، އަރމިއްލަ ތަކެތީގައި މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2025 އޯގަސްޓް 25 ވާ ހޯމަ ދުވަހުގެ 11:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ. މިބީލަމުގައި ބައިވެރިވެވެނީ، ވިޔަފާރި ކުންފުނިތަކަށާއި، ޕާޓްނާޝިޕްތަކަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ކޯޕަރޭޓް ސޮސައިޓީތަކައްކަމަށް ކައުންސިލުން ބުނެފައިވެއެވެ.












