ކަނޑައިގެން ދިޔަ ށ. ފުނަދޫ ދޮށީ ކަނދުފަތި އަލުން އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމުން މިހާރު އުތުރަށް ކުރަމުންދާ ދަތުރުގައި، މި ކަނދުފަތި އަޅާފައިވަނީ ކުރިންވެސް އެ ކަނދުފަތި ގާއިމުކުރި ލޮކޭޝަންކަމަށްވާ، ށ.ފުނަދޫ އިރުއުތުރުން 11.5 މޭލު ބޭރުގައެވެ. ކަނދުފަތި ނަންބަރަކީ، D09D01 އެވެ.
ދޮށީ ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަން ނުވަތަ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށްގެން އަޅަމުން އަންނަ ކަނދުފަތިތަކެކެވެ. އެކަނދުފަތިތަކުގެ ވަށައިގެންވާ ސަރަހައްދުގައި ދޮށީ މަސްވެރި އުޅަނދުފަހަރަށް ދަތިވާގޮތައް އެހެނިހެން މަސްވެރިކަން ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.
ރާއްޖޭގެ ކަނދުފަތި ވިއުގައަށް ބަލާއިރު މިވަގުތު 65 ދޮށީ ކަނދުފަތި އެބަައޮތެވެ. އޭގެތެރެއިން 3 ކަނދުފަތި ގާއިމުކޮށްފައިވަނީ ށ އަތޮޅުގައެވެ.