ގަސްގަހާގެއްސާއި ގަހުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމުގައި، ބޯޑަރުގައި އަމަލުކުރެވޭ ބަޔޯސެކިއުރިޓީ އުސޫލުތަކާއި ފިޔަވަޅުތަކާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ރާއްޖޭގައި ފަށައިފި އެވެ.
’ވޯކްޝޮޕް އޮން ބަޔޯސެކިއުރިޓީ ފޯ އިމްޕޯޓް އެންޑް އެކްސްޕޯޓއ އޮފް ޕްލާންޓް ޕްރޮޑަކްޓްސް އިންޓު ދަ މޯލްޑިވްސް“ ގެ ނަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން އިންތިޒާމުކޮށްގެން، ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމަކީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް – ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ދި ސައިތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް) ގެ ދަށުން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.
މި ތަމްރީން ޕްރޮގްރާމަކީ، އިންސްޓިޓިއުޝަނަލް ކެޕޭސިޓީ އިތުރުކުރުމާއި، ބޯޑަރ އަދި ރެގިއުލޭޓަރީ އޭޖެންސީތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ޓްރާންސްބައުންޑަރީ މޫވްމަންޓްސް ކޮންޓްރޯލް ކުރުން ހަރުދަނާކުރުމުގެ މަގްސަދުގައި ކުރިޔަށްގެންދާ ޕްރޮގްރާމެއްކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. އެގޮތުން، މި ތަމްރީނުގައި ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެމަތިން ބޯޑަރު ކޮންޓްރޯލް ކުރުމާއި މިޓިގޭޝަން ފިޔަވަޅުތަކަށް އަލިއަޅުވާލުމަށް ހަމަޖެހިފައި ވެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މި ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ދުވަސް އަމާޒުކުރީ މަލްޓިސްޓޭކްހޯލްޑަރ ވޯކްޝޮޕް އޮން ބަޔޯ ސެކިއުރިޓީއާ ބެހޭ ތަމްރީނު ދިނުމަށް އަދި ދެވަނަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހާ ހަމައަށް އަމާޒުކުރަނީ ޕެސްޓް ރިސްކް އެސެސްމަންޓް، ޑިޒީޒް ސަރވެއިލެންސް އަދި ހެލްތު ސެޓިފިކޭޝަން ސިސްޓަމްސް އާ ގުޅޭ ޓެކްނިކަލް ތަމްރީނުތައް ދިނުމަށް ކަމަށެވެ.
މި ތަމްރީނުގައި ބަޔޯ ސެކިއުރިޓީ ރެގިއުލޭޝަން، ބޯޑަރ ކޮންޓްރޯލް، ސަރވެއިލެންސް އަދި ޕަބްލިކް ހެލްތުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުން ބައިވެރިވެ ވަޑައިގަންނަވައެވެ. އޭގެތެރޭގައި، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް (އެންވަޔަރަންމަންޓަލް ރެގިއުލޭޝަން އޮތޯރިޓީ – އީ.އާރް.އޭ)، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހިމެނެއެވެ.