މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ބާއްވާ ހަފްލާގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑްތަކަށް ކުރިމަތިލުމަށް ދިން މުއްދަތު އިތުރުކޮށްފި އެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބާގައި ބާއްވާ ހަފްލާގައި ތިން އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާއިރު، އެ އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން އެންމެ ފުރަތަމަ ހުޅުވާލީ މިމަހުގެ ދެވަނަ ދުވަހުއެވެ. ތަޖުރިބާކާރު ކެޔޮޅާއި، ޚިދުމަތްތެރި ޒުވާން ކެޔޮޅާއ،ި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމަށް ދިން އޭރު ދިން ސުންގަޑިއަކީ 23 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. އެ މުއްދަތުގެ ތެރޭގައި އެވޯޑްތަކަށް ކުރިމަތިލާފައިވަނީ ކިހާ އަދަދެއްގެ ބޭފުޅުން ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
މަސްވެރިންގެ ދުވަހުގެ އެވޯޑްތަކާ ގުޅޭގޮތުން އިއްޔެ ފިޝަރީޒް މިނިސްޓްރީން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ އެވޯޑުތަކަށް ކުރިމަތިލައި، ނަން ހުށަހެޅުމުގެ މުއްދަތު 9 ނޮވެމްބަރު 2025 ގެ 12:00 ގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާކަމަށެވެ. ނަން ހުށަހެޅުމަށް ހުޅުވާލެވިފައިވާ އެވޯޑުތަކަކީ:












