ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން(އެސްޓީއޯ) އިންް ތެލުގެ އާ ޝިޕްމެންޓެއް ރާއްޖެ ގެނެސްފިއެވެ.
ޢެސްޓީއޯއިން ބުނީ، މިއަދު ތެލުގެ އާ ޝިޕްމެންޓެއް ގެނެސްފައިވާކަމަށާއި، މިއަދު މި ގެނައި ތެލުގެ ޝިޕްމެންޓަކީ 20 ދުވަހުގެ ސްޓޯރޭޖް ކަމަށެވެ. އަދި، މިވަގުތަށް ރާއްޖެއަށް ތެޔޮ ގަތުމާއި އެތެރެކުރުމުގައި ދަތިކަމެއް ނެތްކަމަށާއި، މިހާރުވެސް ތެލުގެ އިތުރު ޝިޕްމެންޓެއް ރާއްޖެ އައުމުގެ މަގުމަތީގައިވާކަމަށް އެސްޓީއޯއިން ބުންޏެވެ.










