އައިއައިޓީއީ މެރިޓައިމް އެކެޑަމީ އިން ނިޔަމިކަމުގެ ސެޓިފިކެޓް-2 ކޯހުގެ އިތުރު ބެޗެއް މާލެ ސިޓީގައި ހިންގަން ތައްޔާރުވެއްޖެއެވެ.
އައިއައިޓީއީ މެރިޓައިމް އެކެޑަމީއިން ބުނީ، ކޯހުގެ ކިޔެވުން ފަށާނީ ފެބްރުއަރީމަހުގެ 8ވަނަ ދުވަހު ކަމަށެވެ. އަދި، ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކައް 7921961 އަށް ގުޅާލައިގެން މިހާރު ނަން ނޯޓްކުރެވޭނެކަމަށާއި، ދިވެހި ބަހާއި އިނގިރޭސި ބަހުން ވާހަކަ ދައްކުމާއެކު، ބޭސިކް ހިސާބު ހަދަން އެނގި އަދި ކޯހުގައި ކިޔަވައިދޭ ތަކެތި ފަހުމުވާވަރުގެ ކޮންމެ ފަރާތަކައް ވެސް ކޯހުގައި ބައިވެރިވެވިދާނެކަމަށް އެކަޑަމީންބުންޏެވެ.
ކެޓެގަރީ C,B އަދި D ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ މި ކޯސް ކުރިޔަށްގެންދަނީ 30 ގަޑީއިރުގެ މުއްދަތަކަށެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ހުއްދައާއެކު ހިންގާ މިކޯހުގައި ކަނޑުމަތީގެ ގަވައިދުތަކާއި، މުވާސަލާތީ ވަސީލަތްތަކާއި، ނެވިގޭޝަން، ސޭފްޓީ، ކޮމިއުނިކޭޝަން، އަދި އުޅަނދުފަހަރުތަކާބެހޭ އާންމު މައުލާމާތު ހިމެނޭ ބައިތައް އުނގަންނައިދޭނެއެވެ.
އައިއައިޓީއީ މެރިޓައިމް އެކެޑަމީއަކީ ރާއްޖޭގައި މެރިޓައިމް ކޯސްތައް ހިންގާތާ އެންމެ ގިނަ ދުވަސްވީ އެކެޑަމީއެވެ. އެ އެކަޑަމީން މިހާތަނަށްވަނީ މާލެއާއި އަތޮޅުތައް ހިމެނޭހެން ނިޔަމިކަމުގެ ކޯސް-2ގެ 590ބެޗެއް ކާމިޔާބުކަމާއެކު ހިންގާފައެވެ. މިމަހު އެކަނިވެސް މާލޭގައި ނިޔަމިކަމުގެ ކޯސް-2ގެ 6ބެޗެއް ކާމިޔާބުކަމާއެކުވަނީ ހިންގާފައެވެ.
އައިއައިޓީއީ މެރިޓައިމް އެކެޑަމީން އާންމުކޮށް ހިންގާ ކޯސްތަކުގެ ތެރޭގައި، ނިޔަމިކަމުގެ ސެޓިފިކެޓް-2ގެ އިތުރުން، ނިޔަމިކަމުގެ ސެޓިފިކެޓް-1 ކޯސް، ފަޅުވެރިންގެ ކޯސް އަދި މެރިން މެކޭނިކް ކޯސް ހިމެނެއެވެ. ކޮންމެ އަހަރަކުވެސް މާލެއާއި އަތޮޅުތެރޭގައި މީގެ އެކި ބެޗުތައް ހިންގައެވެ.