ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން އިތުރު ފަޅުވެރިންތަކެއް ރެސްކިއު ޑައިވަރ ކޯސް ފުރިހަމަކޮށްފި އެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ، ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމުގެ އެހީގައި ގއ. ދާންދޫ 7 ދޯނިން 7 ފަޅުވެރިއަކު ރެސްކިއުޑައިވަރ ކޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ.

**ގއ. ދާންދޫއިން ކޯސް ފުރިހަމަކުރި ބައިވެރިން. ** 1.އަޙްމަދު މިސްބާޙް / އޯޝަން ކްއީން 2.އަލީ ޝައިހާން ޝަރީފް / މަސްފަހި 3މުޙައްމަދު އަޒާން މަޢައްދު / ސީލައިފް 4.މުނައްވަރު އަބްދުﷲ / އޯޝަން ކިންގް 5.ރަމީޒު އަލީ / ސީކިންގް 6.ޝަރީފް އަބްދުލް ޤައްޔޫމް / ސީސަން 7. ރަޙުމަތުﷲ ނަސީރު / އަލި ސާފު

ފިޝަރީޒް މިނިސްޓްރީން ވަނީ، ރެސްކިއު ޑައިވަރ ކޯސް ކުރިއަށް ގެންދިއުމަށް ގއ. ދާންދޫ ކައުންސިލާ އިދާރާތަކުން އެ މިނިސްޓްރީންއަށާއި، އިންސްޓްރަކްޓަރަށް ދެއްވި އެއްބާރުލުމާ އެހީތެރިކަމަށް ޝުކުރު ދަންނަވާފަ އެވެ.