ގދ. ކާޑެއްދޫ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
މި ކަނދުފަތި އަލުން އަޅާފައި މިވަނީ ކަނޑައިގެން ދިޔަ ވަދުކަނދުފަތިތައް މަރާމާތުކުރުމަށް ފިޝަރީޒް މިނިސްޓްރީން މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ދަތުރުގެތެރެއިން މިއަދުއެވެ.

މިވަދު ކަނދުފަތި އަޅާފައިވަނީ ކުރިންވެސް އެ ކަނދުފަތި ގާއިމުކުރި ލޮކޭޝަން ކަމަށްވާ، ކާޑެއްދޫ ހުޅަނގުން 5 މޭލު ބޭރުގައެވެ. ކަނދުފަތީގެ ނަންބަރަކީ، P08V01-01 އެވެ.
މިއަދު މި އެޅި ކަނދުފައްޗާއެކު ގދ އަތޮޅުގެ ވަދުކަނދުފަތީގެ އަދަދަކީ 3 އެވެ. އެއީ، އެއަތޮޅު ގައްދޫގެ އިރުދެކުނުން 4 މޭލު ބޭރުގައި އަދި، ދިގެލާބަދޫގެ ހުޅަނގު ދެކުނުން 5 މޭލު ބޭރުގައި ގާއިމުކޮށްފައިވާ ވަދު ކަނދުފައްޗެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.
މުޖުތަމައު