ވިލިމާލެއާ ދިމާލު ބޭރުގައި އޮތް ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު މީހާ އަދިވެސް ނުފެންނަ ކަަމަށް މޯލްޑިވްސް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނެފިއެވެ.
އިންޑިއާގެ ކާގޯ ބޯޓު ”އެމްއެސްވީ ޑައުލާ“އިން ރޭގެ ވަގުތެއްގައިި ކަނޑަށް ވެއްޓުނީ އިންޑިއާ ރައްޔިތެކެވެ. އޭނާ ކަނޑަށް ވެއްޓިގެން ރިޕޯޓްކޮށްފައި ވަނީ ރޭ 11:35 ހާއިރުކަމަށް ރޭ އެމްއެންޑީއެފްއިން ބުނެއެވެ.
އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ރޭ ފަށާފައިވާއިރު، މިއަދު އެމްއެންޑިއެފްއިން ބުނެފައިވަނީ، ކަނޑަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އަދިވެސް ކުރަމުން އަންނަކަމަށެވެ. އަދި، މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ އަދިވެސް ނުފެންނަކަމަށް އެމްއެންޑިއެފް އިން ބުންޏެވެ.










