ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް އުތުރުގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
ހއ އަތޮޅުން ފެށިގެން ރ އަތޮޅާ ހަމަޔަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން މެންދުރު 12:30 އާ ހަމަޔަށެވެ. އެސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްނެވެ.










