ގެއްލިގެން ހޯދަމުންދިޔަ ކޮލަމާ ބޯޓް ފެނިއްޖެއެވެ.
މާލެއިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދިޔަ މި ބޯޓް ހޯދަމުންދިޔައީ ރެއިން ފެށިގެން ޚަބަރެއް ނުވެގެންނެވެ. ”ކެޔޮޅާ“ނޫހަށް އެގިފައިވާގޮތުގައި، އެބޯޓް ފެނިފައިވަނީ ގއ.މާމުޓާ ކައިރިން ފަރަށް އަޜާފައިވަނިކޮށްނެވެ.ބޯޓަށް ބޮޑެތި ގެއްލުންތައް ވެފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.










