ފަރެސް މާތޮޑާއަށް ނިސްބަތްވާ ބޯޓެއް ފަރަށް އަރައި، އަޑިއަށް ގޮސް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ފަހިރޯޅީ ނަމަކަށް ކިޔާ މި ބޯޓް އަޑިއަށް ދިޔައީ މާލެއިން މުދާ ބަރުކޮށްގެން ފަރެސް މާތޮޑާައަށް ދަތުރުކުރަމުން ދަނިކޮށްނެވެ.
މިހާދިސާއާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ، އެ ބޯޓް ވ. ފެލިދޫ ކައިރީ ފަރަކަށް އެރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެގެ ފަތިހު 05:01ހާއިރުކަމަށެވެ. އަދި މިހާދިސާ ހިނގިއިރު 6 ދަތުރުވެރިންނާއި، 4 ފަޅުވެރިންނާއި ބޯޓްގެ ވެރިފަރާތާއި ކެޕްޓަން ހިމެނޭހެން ޖުމްލަ 12 މީހުން އެ އުޅަނދުގައި ތިބި ކަމަށާއި، އެމީހުން ފުލުހުންގެ އެހީތެރިކަމާއެކު ފެލިދުއަށް ގެންގޮސްދީފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.












