ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް(އެފްއެފްސީ)ގައި ހުރި މެޓަލް ޖަންކް އަދި ޓީ.އެފް.އެސް ސްކްރެޕް މެޓަލްތަކެއް ނީލަމުގައި ވިއްކާލުމަށް، އެ ކޮމްޕްލެކްސް ހިންގަމުން އަންނަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ހުޅުވާލައިފިއެވެ.
މިފްކޯއިން ނީލަމުގައި ވިއްކާލުމަށް ނިންމާފައިވަނީ، 50 މެޓްރިކްޓަނުގެ މެޓަލް ޖަންކް، 60 މެޓްރިކް ޓަނުގެ ޓީ.އެފް.އެސް ވިއްކާލުމަށް ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ނީލަމުގައި ބައިވެރިވެވޭނީ bid@mifco.mv އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކޮށްގެންނެވެ. ނީލަމުގައި ބައިވެރިވެވެނީ 20،000ރުފިޔާގެ ޑިޕޮސިޓެއް ދައްކައިގެންނެވެ. މިފްކޯއިން ބުނީ، ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ރައްދުކޮށްދޭނެކަމަށެވެ.
މާރޗް މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 11:00ގެ ނިޔަލަށް ނީލަން ހުށަހެޅޭނެއެވެ. ނީލަން ހުޅުވުން އޮންނާނީ 04 މާރޗް 2026ގެ ހެނދުނު 11:00ގައި މިފްކޯ ހެޑް އޮފީސް މީޓިންގ ރޫމްގައެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، މެޓްރިކް ޓަނަކަށް ހުށަހަޅާ އެންމެ މަތީއަގު ލިޔުމަކުން ހުށަހެޅުމުން، ހުށަހަޅާފައިވާ އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި އެންމެންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށްކަމަށް މިފްކޯއިން ބުނެފައިވެއެވެ.
ނީލަމުގައި ވިއްކާލަން ނިންމާފައިވާ ތަކެތީގެ އަދަދަކީ، އަންދާޒާ ޢަދަދުތަކަކަށްވާތީ، އުނިއިތުރު އައުމަކީ އެކަށީގެންވާކަމެއްކަމުން، ނީލަމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން، މިތަކެތީގެ މައުލޫމާތު ސާފުކުރެއްވުމަށް ފެލިވަރުން 7679060 ނަންބަރު ފޯނާ ގުޅާލުމަށް މިފްކޯއިން އެދިފައި ވެއެވެ.