ކ.ނަކައްޗާފުށީ ކައިރި ހިއްކަމުންދާ ފަޅެއްގައި އަޅާފައި އޮތް ޑްރެޖަރ ހޮޅިތަކެއް އޮޔާދާތީ ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފި އެވެ.

100 މީޓަރުގެ މި ޑްރެޖަރ ހޮޅިތައް އޮޔާދަނީ ނަކައްޗާފުށީ ހުޅަނގުދެކުނަށް އަރިއަތޮޅާ ދިމާއަށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެހޮޅިތައް އޮޔާދާތީ އަލިހުރަސްކަނޑާއި، އެ ސަރަހައްދު ކައިރިން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަންދިނުމަށް އެންއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޚާއްޞަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރާއިރު ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެންއެންޑީއެފުން އެދިފައިވެއެވެ.