ރ.އަނގޮޅިތީމް ކައުންސިލުން ސްޕޯޓްސް ފިޝިންގއަށް ޚާއްސަ ވަދު ކަނދުފައްޗެއް އަޅައިދިނުމަށް ފިޝަރީޒް މިނިސްޓްރީގައި އެދިއްޖެއެވެ.
ކައުންސިލުން ވަދު ކަނދުފައްޗެއް އަޅައިދިނުމަށް އެދުނީ އިއްޔެ ކައުންސިލްގެ ފަރާތުން ފިޝަރީޒް މިނިސްޓްރީއާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި އަނގޮޅިތީމް ކައިރީގައި ސްޕޯޓްސް ފިޝިންއަށް ހާއްސަކޮށް ކަނދުފަތި އަޅައިދިނުމަށް ކައުންސިލުން އެދިފައިވާއިރު، އިތުރުން މަސްވެރިކަމާ ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައި ވެއެވެ.
މި ބައްދަލުވުމުގައި، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްދަމު މުއްޠަލިބާއި މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވިއެވެ.