ރާއްޖޭގެ އުމްރާނީ ބިޔަ މަޝްރޫއުތައް ކުރިޔަށް ގެންދާ އެމްޓީސީސީން މަސްވެރިކަމުގެ ދާއިރާ އަށް ވަންނަން ނިންމައިފި އެވެ.

އެމްޓީސީސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި އެކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ ވަރަށް އަވަހަށް މަސްވެރިކަމުގެ ވިޔަފާރި އަށް ވަންނާނެ ކަމަށެވެ.

އެމްޓީސީސީން ދަނީ އެކުންފުނީގެ ބިޒްނެސް ޕްލޭންގައި މަސްވެރިކަން ހިމަނައި އެކަމާއި ބެހޭ މަޝްވަރާކުރަމުންނެވެ. އެހެންނަމަވެސް އޭގެ ތަފްސީލު ހާމައެއް ނުކުރެއެވެ. އެމްޓީސީސީން ބުނީ މަސައްކަތް ކުރިޔަށްދާނެ ގޮތް ފަހުން ހާމަކުރަމުންދާނެކަމަށެވެ.