ހއ. އުތީމު ބަނދަރުގައި އޮތް ދޯންޏެއްގެ ވެރިފަރާތް ހޯދަން އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
މިކަމާ ގުޅިގެން ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ވެރިފަރާތެއް ނޭނގި ގިނަ ދުވަސްތަކެއްވާންދެން އެރަށުގެ ބަނދަރުގައި އަޅާފައި އޮންނަ ރަޖިސްޓަރީ ނަންބަރު : P2189B-01 05-K ދޯނީގެ މިލްކު ވެރިފަރާތް ހޯދަން ބޭނުންވާކަމަށެވެ. އަދި، މި ދޯނީގެ ވެރިފަރާތެއްވާނަމަ މިމަހުގެ 17 ވާ ބުދަ ދުވަހު 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް އެކަން އެންގުމަށް އެދިފައި ވެއެވެ.












