މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް މި ސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ ސިނާއަތުގައި ހުރި ދަތިތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުުގެ ގޮތުން ސިލްސިލާކޮށް ކުރިޔަށްގެންދާ މަސްވެރިންގެ ފޯރަމް ފަށައިފި އެވެ.
’މަސްވެރިންގެ ގުންޒަރު’ގެ ނަމުގައި މިއަދު ހެނދުނު ފެށި މި ފޯރަމް ކުރިޔަށް ގެންދަނީ، ރަސްމީކޮށް މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރާ ރ. ދުވާފަރުގައެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ މި ފޯރަމްގައި 9 އަތޮޅަކުން 47 މަސްވެރިން ބައިވެރިވިއެވެ. މީގެ އިތުރުން މަސް ޕްރޮސެސްކުރާ 4 ކުންފުންޏަކުން ބައިވެރިވިއެވެ.












