ތ. އަތޮޅު ވިލިފުށީ މަސް މާރުކޭޓް އިމާރާތް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފި އެވެ.
ވިލިފުށީ ކައުންސިލުން ބުނީ، އެރަށުގެ ދެކުނުކޮޅުން ހުޅަނގު ފަރާތުގައިހުރި މަސް މާރުކޭޓް އިމާރާތް ކުއްޔަށް ދޫކޮށްލަން ނިންމީ އެތަން ކުއްޔަށް ހިފުމަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނާތީކަމަށެވެ. އެތަން ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތުދިންކަން މިއަދު ކައުންސިލުން ވަނީ އާންމުކޮށް އިއުލާނުކޮށްފައެވެ.
ކައުންސިލުން ބުނީ، މި އިމާރާތް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ޕްރީ ބިޑް މީޓިންގއެއް އަންނަ މަހުގެ 6 ވަނަ ދުވަހުގެ 13:15 ގައި ކައުންސިލް އިދާރާގައި އޮންނާނެކަމަށެވެ. އަދި އަންނަ މަހުގެ 13 ވަނަ ދުވަހުގެ 13:15 ގައި ޕްރޮޕޯސަލް ހުށަހެޅުން އޮންނާނެކަމަށެވެ. ޕްރީބިޑް މީޓިންގ ގައި ބައިވެރިނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި ކައުންސިލް އިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅާލުމުން މައުލޫމާތު ލިބޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.