”އެކްސަސައިޒް އެކުވެރިން“ ގައި އެމްއެންޑީއެފް މެރިން ކޯރގެ 45 މެރީންސް ބައިވެރިވެއްޖެއެވެ.
”އެކްސަސައިޒް އެކުވެރިން“ އަކީ، އެމްއެންޑީއެފާއި އިންޑިއަން އާމީ ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް މިލިޓަރީ އެކްސަސައިޒެވެ. ކޮންމެ ދެ އަހަރަކުން އެއް އަހަރު، އިންޑިއާ އަދި ދިވެހިރާއްޖޭގެ ތެރެއިން ފަހަރަކު ގައުމެއްގައި ބާއްވަމުން ގެންދާ މި ތަމްރީންގެ 14ވަނަ އެޑިޝަން، އިއްޔެ ވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ފަށާފައެވެ.
14 ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދަން ހަމަޖެހިފައިވާ ”އެކްސަސައިޒް އެކުވެރިން“ ގެ މި އަހަރުގެ ތަމްރީނުތައް ޑިސެންބަރު 16އިގެ ނިޔަލަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މި އެކްސަސައިޒްގައި އެމްއެންޑީއެފް މެެރިން ކޯރގެ 45 މެރީންސް ބައިވެރިވެއެވެ.
މި އެކްސަސައިޒްގައި އެމްއެންޑީއެފް ކޮންޓިންޖެންްޓްގެ ކޮމާންޑަރަކީ، އެމްއެންޑީއެފް މެރިން ކޯރ ހެޑްކުއޯޓަރޒްގެ އޮޕަރޭޝަންސް އަދި ޓްރެއިނިންގ އެންޑް އެޑިޔުކޭޝަން ޑައިރެކްޓަރ، މޭޖަރ ޢަބްދުލް ހަސީބް އިބްރާހީމެވެ.