މުދާ ބަރުކޮށްގެން އަންނަ، ”އެމް.ވީ ޗެން ގްލޯރީ 9**“ **މިމަހުގެ 6 ވަނަ ދުވަހު އައްޑު ސިޓީ ޕޯޓަށް ބަނދަރުކުރުމަށް ހަމަޖެހިފައިވާ ކަަމަށް، ހިތަދޫ ޕޯޓް ލިމިޓެޑް އިން ބުނެފި އެވެ.
އެކުންފުނިން ބުނީ، މި ދަތުރުގައި، އެ ބޯޓުން ގެންނަ މުދާބޭލުމަށް ސަބްކޮންޓްރެކްޓްގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އެގޮތުން، މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން މިއަދު 09:00 ޖަހާއިރު އެ ގޮސް މަޢުލޫމާތު ސާފުކުރުމަށްފަހު މިއަދު 15:00 އަށް އަންދާސީހިސާބު ހުށަހަޅައިދިނުމަށް އެދޭކަމަށެވެ.










