މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ދަށުން ހިންގާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓްޓިއުޓް(އެމްއެމްއާރްއައި) ހިންގުމަށް އޮފީސް އިމާރާތެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އިމާރާތެއް ބީލަން އުސޫލުން ކުއްޔަށް ނެގުމަށް ނިންމައި، ބީލަމަށް ހުޅުވާލާ މިނިސްޓްރީން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، އެމްއެމްއާރްއައި ހިންގުމަށް އޮފީސް އިމާރާތެއް 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. ކުއްޔަށްދޭ އިމާރާތުގައި ހުންނަންވާ މިންގަނޑުތައް ހިމެނޭ މައުލޫމާތު ކަރުދާސް އެ އިއުލާނުގައި އެއްކަރުދާސްކޮށްފައި ވެއެވެ. އޭގައިވާގޮތުންނަމަ، ކުއްޔަށްދޭ އިމާރާތުގައި، އޮފީސް އިމާރާތުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ޖާގައިގެ ބޮޑުމިނުގައި 4،000 އަކަފޫޓް ހުންނަންވާނެކަމަށެވެ. ކުއްޔަށް ދޫކުރާ އިމާރާތް ހުންނަންވާނީ، އިމާރާތްކުރުމުގެ ގާނޫނުގެ މިންގަޑުތަކާ އެއްގޮތައްކަމަށާއި، ވަގުތުން ބޭނުންކުރޭވޭ ހާލަތުގަކަމަށާއި، އަދި ދޫކުރާ ޖާގަ ހުންނަންވާނީ އެއް އިމާރާތެއްގައިކަމަށާއި، އެއް ފަންގިފިލާއިން ޖާގަ ނުހެެދޭނަމަ، ފަންގިފިލާތައް ހުންނަންވާނީ ޖެހިޖެހިގެން ކަމަށް ބުނެފައި ވެއެވެ.












