މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ބަލަހައްޓަމުންގެންދާ ރޯމަސްމާރުކޭޓް ހިންގާ ބަލަހައްޓާނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

ސިޓީ ކައުންސިލް އިދާރާއިން މިކަމާ ގުޅޭގޮތުން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، 01 އަހަރު ދުވަހުގެ މުއްދަތަކަށް ރޯމަސްމާރުކޭޓް ހިންގާ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީކަމަށެެވެ.

މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ 13:00ގައި ސޓީ ކައުންސިލްގެ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ގޮސް މަޢުލޫމާތު ސާފުކުރުމަށްފަހު، މިމަހުގެ 28 ވަނަ ދުވަހު 13:00 ގައި މަސައްކަތުގެ އަގު ހުށަހެޅުމަށް ސިޓީ ކައުންސިލުން އެދިފައި ވެއެވެ. މި މަސައްކަތައް ބިޑް ހުށަހެޅޭނީ ދިވެހި ކުންފުނިތަކަށާއި، ޕާޓްނާޝިޕްތަކަށާއި، ލޯކަލް އިންވެސްޓްމެންޓްތަކަައް، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.