އައިއައިޓީއީ މެރިޓައިމް އެކެޑަމީ އިން ނިޔަމިކަމުގެ ސެޓިފިކެޓް-2 ގެ ބެޗެއް އަންނަ މަހު މާލެ ސިޓީގައި ފަށަން ތައްޔާރުވެއްޖެއެވެ.
މެރިޓައިމް އެކެޑަމީއިން ބުނީ، ނިޔަމިކަމުގެ ސެޓިފިކެޓް ކޯސް-2 ގެ އާ ބެޗެއް މާލޭގައި ފަށަން ނިންމާފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. ކޯހުގައި ބައިވެރިވާން ބޭނުން ފަރާތްތަކައް 7921961 އަށް ގުޅާލައިގެން ނަން ނޯޓްކުރެވޭނެކަމަށް އެ އެކެޑަމީން ބުނެފައި ވެއެވެ.
ކެޓެގަރީ C,B އަދި D ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ މި ކޯސް ކުރިޔަށްގެންދަނީ 30 ގަޑީއިރުގެ މުއްދަތަކަށެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ހުއްދައާއެކު ހިންގާ މިކޯހުގައި ކަނޑުމަތީގެ ގަވައިދުތަކާއި، މުވާސަލާތީ ވަސީލަތްތަކާއި، ނެވިގޭޝަން، ސޭފްޓީ، ކޮމިއުނިކޭޝަން، އަދި އުޅަނދުފަހަރުތަކާބެހޭ އާންމު މައުލާމާތު ހިމެނޭ ބައިތައް އުނގަންނައިދެއެވެ.
އައިއައިޓީއީ މެރިޓައިމް އެކެޑަމީއަކީ ރާއްޖޭގައި މެރިޓައިމް ކޯސްތައް ހިންގާތާ އެންމެ ގިނަ ދުވަސްވީ އެކެޑަމީއެވެ. އެތަނުން އާންމުކޮށް ހިންގާ ކޯސްތަކުގެ ތެރޭގައި، ފަޅުވެރިންގެ ކޯސް، މެކޭނިކް ކޯސް، ނިޔަމިކަމުގެ ސެޓިފިކެޓް-1 އަދި ނިޔަމިކަމުގެ ސެޓިފިކެޓް-2 ހިމެނެއެވެ. ކޮންމެ އަހަރަކުވެސް މާލެއާއި އަތޮޅުތެރޭގައި މީގެ އެކި ބެޗުތައް ހިންގަމުންދެއެވެ.