އދ. ދަނގެތި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން، ޓީ-ޖެޓީ ސަރަހައްދުގެ ބެއިސިން ފުންކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނީ ސައިޓުގައި މިހާރު ކުރިޔަށްދަނީ ޓީ-ޖެޓީ ސަރަހައްދުގެ އާ ބަނދަރު ފުންކުރުމާއި، އެއްގަމުތޮށީގެ ބްލޮކް އެތުރުމުގެ މަސައްކަތް ކަމަށެވެ. އަދި ޖުމްލަ މަޝްރޫއަށް ބަލާއިރު %15 މަސައްކަތް ނިމިފައިވާކަން އެމްޓީސީސީން ބުންޏެވެ.
”އދ. ދަނގެތީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު“ ފަރުމާކޮށް ބިނާކުރުމަށްޓަކައި އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފައިވަނީ 6 ސެޕްޓެމްބަރު 2023 ގައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒްކޮށްފައިވަނީ 18 އެޕްރީލް 2024 ގައެވެ.












