ފެނަކަ ކޯޕަރޭޝަނުން އޮޕަރޭޓްކުރަމުން ދިޔަ، 17 އައިސް ޕްލާންޓްގެ ތެރެއިން 12 އައިސް ޕްލާންޓެއް މޯލްޑިވްސް އިންޑަސްޓްރީއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އާ ހަވާލުކޮށްފި އެވެ.
ފެނަކައިގެ ޚަރަދު ކުޑަކުރަން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން 1 އޯގަސްޓް 2024 އިން ފެށިގެން އައިސް ޕްލާންޓްތައް އެޅުމާއި، އައިސް ޕްލާންޓްތައް އޮޕަރޭޓްކުރުން ހުއްޓާލަން އެކުންފުނިން ވަނީ ނިންމާފަ އެވެ. ފެނަކައިން މިގޮތަށް ނިންމީ ކަމާ ގުޅުން ހުރި މިނިސްޓްރީތަކާއެކު އެއްބަސްވުމަކަށް އައުމަށްފަހުގަ އެެވެ.
ފެނަކައިގެ މި ނިންމުމާއި ގުޅިގެން، އެކުންފުނިން އޮަޕަރޭޓްކުރަަމުންދިޔަ އައިސް ޕްލާންޓްތައް މިފްކޯއާ ހަވާލުކުުރުމުގެ މަރުހަލާގައި އިސްވެ ހަރަކާތްތެރިވަމުންދަނީ ފިޝަރީޒް މިނިސްޓްރީންނެވެ. މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ”ކެޔޮޅާ“ އާ ހިއްސާކުރައްވަމުން ފިޝަރީޒް މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްޠަލިބް ވިދާޅުވީ، މިހާތަނަށް 12 އައިސް ޕްލާންޓެއް މިފްކޯއާ ހަވާލުކުރެވިފައިވާކަމަށެވެ.
މިފްކޯއާ ހަވާލުކުރި އައިސް ޕްލާންޓްތައް:
ހއ. އިހަވަންދޫ(50މޓ)












