މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް(އެމްޓީއައި) އިން މިމަހު ކުރިޔަށްގެންދަން ނިންމާފައިވާ ނިޔަމިކަމުގެ ސެޓިފިކެޓް ލެވެލް-2 ކޯހުގެ ކިޔެވުން މާދަމާ ފަށަން ތައްޔާރުވެެއްޖެއެވެ.
އެމްޓީއައިން ބުނީ، މާދަމާ ކޯސް ފަށަން ފުރިހަމަޔަށް ތައްޔާރުވެފައިވާކަމަށާއި، އަދިވެސް މިކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު އެބައޮތްކަމަށެވެ.އެމްޓީއައިގެ ނަންބަރު 9450555 އަށް ގުޅާލައިގެން ނުވަތަ admin@mti.edu.mv އަށް މެއިލްކޮށްލައިގެން ކޯހަށް އެންރޯލް ކުރެވޭނެކަމަށް އެމްޓީއައި އިން ބުންޏެވެ.
މިކޯހުގައި ކަނޑުމަތީގެ ރައްކާތެރިކަމާއި، ނެވިގޭޝަން، އުޅަނދުގެ ދަންފަޅި ބެލެހެއްޓުމާއި، އާންމު ދޯނީގެ މައުލޫމާތު ދަސްކޮށްދޭނެކަމަށް އެމްޓިއައިން ބުނެފައިވެއެވެ. 30 ގަޑީއިރު ކިޔަވައިދޭގޮތަށް ކުރިޔަށްގެންދާ މި ކޯހުގައި، ދިވެހި ބަހާއި އިނގިރޭސި ބަހުން ވާހަކަ ދައްކަން އިނގޭ އަދި ކޯހުގައި ކިޔަވައިދޭ ތަކެތި ފަހުމުވާވަރުގެ ކޮންމެ ފަރާތަކައްއްވެސް ބައިވެރިވެވިދާނެކަމަށް އެމްއައިޓީން ބުނެފައިވެއެވެ.
މި ކޯހަކީ ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާ ހަމަޔަށް ދަތުރުކުރެވޭ ކެޓެގަރީ-B,C އަދި D ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ ކޯހެކެވެ.
މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް (އެމްޓީއައި) އަކީ ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީގައި މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓްރެއިނިން އިންސްޓިޓިއުޓެވެ. އެ އިންސްޓިޓިއުޓުން މެރިޓައިމް ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ފަންނީ ގިނަ ކޯސްތަކެއް ހިންގަ އެވެ. އޭގެތެރޭގައި ނިޔަމިކޯސް-1، ނިޔަމިކޯސް-2، މެރިން މެކޭނިކްކޯސް، ފަޅުވެރިންގެ ކޯސް ހިމެނެއެވެ. މީގެ އިތުރުން ސައިބަރ ސެކިއުރިޓީއާއި، އާޓިފިޝީއަލް އިންޓެލިޖެންސާއި، އިލެކްޓްރިކަލް އިންސްޓޮލޭޝަން ދަސްކޮށްދޭ ކޯސްތައްވެސް ހިންގައެވެ.