ގދ.ގައްދޫ ބަނދަރުން މިއަދު މަސް ނުކިރާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އިން ބުނެފިއެވެ.
މަސްވެރިންގެ ސަމާލުކަމަށް އެދި، މިފްކޯއިން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ގައްދޫ ބަނދަރުގައި މިއަދު މަސްކިރަން ތާވަލުކޮށްފައިއޮތް އެކުންފުނީގެ ރަންދި-30އަށް ދިމާވި ޓެކްނިކަލް މައްސަލައަކާގުޅިގެން މިއަދު ގައްދޫ ބަނދަރުގައި ބޯޓެއް ނޯންނާނެކަމަށެވެ.
ގައްދޫ ބަނދަރުން މިއަދު މަސް ނުކުރިނަމަވެސް، ގދ. ތިނަދޫ އަދި ފަރެސް މާތޮޑާ ބަނދަރުން މިއަދުވެސް މަސްކިރާނެއެވެ. ތިނަދޫ ބަނދަރުގައި މިވަގުތު އޮތީ ކަލަމިންޖާ-401 ބޯޓެވެ. ފަރެސްމާތޮޑާގައި އޮތީ ރަންދި-29 އެވެ.
މިފްކޯއިން ކޮންމެ ދުވަހަކުވެސް މިފްކޯގެ ފްލީޓްގެ ތާވަލު އޮޑިވެރިންނާއި، ކެޔޮޅުންނާ ހިއްސާކުރަމުންނެވެ. އަދި ޕްލޭނަށް ބަދަލެއް އަތުވެއްޖެނަމަ އަދި ބޯޓަކަށް މައްސަލައެއް ދިމާވެ މަސްނުކިރޭ ހާލަތައް އަޔަސް ދުރާލާ އަންގައެވެ.