ކ.ހިންމަފުށި ހުޅަނގު ފަރާތު ވިލުތެރެއަށް އަޑިއަށް ގޮސްފައިވާ ޔޮޓެއް ނެގުމަށް އަންގައި އެރަށު ކައުންސިލުން އާންމުކޮށް އިއުލާނުކޮށްފި އެވެ.
ހިންމަފުށީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވަނީ އަޑިއަށް ގޮސްފައިވާ ޔޮޓުގެ ވެރިޔާ ނޭނގޭ ކަމަށެވެ. އަދި، ޔޮޓުގެ ވެރިފަރާތުން 7 ދުވަހުގެ ތެރޭގައި ކައުންސިލަށް މައުލޫމާތު ހިއްސާކޮށް ޔޮޓު ނެގުމަށް އަންގާފައި ވެއެވެ.










