1447 ވަނަ އަހަރުގެ އަޟްހާ އީދު ދުވަސް ފާހަގަ ކުރުމަށްޓަކައި ގއ. ވިލިނގިލީ ކައުންސިލުން ބޭއްވުމަށް އިންތިޒާމުކުރަމުންދާ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އެކައުންސިލުން ހުޅުވާލައިިފި އެވެ.
”ރައްޔިތުންގެ މަސްރޭސް 1447“ ގެ ނަމުގައި، ރަށުގައި ދިރިއުޅޭ ރައްޔިތުންނަން ހުޅުވާލައިގެން ބާއްވާ މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 27 މެއި ވާ ބުދަ ދުވަހުގައެވެ. މަސްރޭހުގައި ބައިވެރިވުމަށް އެދޭފަރާތްތަކަށް ކައުންސިލް އިދާރާގެ ކައުންޓަރުން މިހާރު ވަނީ ފޯމު ދޫކުރަން ފަށާފައެވެ. މަސް ރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 24 މެއި 2026 ވާ އާދީއްތަދުވަހު 13.30 ގެ ކުރިން ފޯމް ހުށައެޅުމަށް ކައުންސިލުން އެދިފައި ވެއެވެ. ކައުންސިލުން ބުނީ، ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ފޯމް ބަލައި ނުގަންނާނެކަމަށެވެ.
ރޭސް ކުރިޔަށް ގެންދަނީ ފައިސާގެ އިނާމުތަކެއް ކަނޑައަޅައިގެންނެވެ. ވަނަ ވަނައަށް އަންނަ ޓީމްތައް ހޮވާނީ ކައުންސިލުން އެކުލަވާލާފައިވާ 5 މެމްބަރުންގެ ކޮމިޓީއަކުންނެވެ. އަދި ވަނަ ކަނޑައަޅަނީ ކޮންމެ ޓީމަކުން ބާނާ މަހުގެ ބަރުދަނަށް ބަލައިގެންނެވެ.











