ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ) އައިސް ޕްލާންޓް މަރާމާތު ކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިޔަށްދާ ކަމަށް، އެތަން ހިންގަމުން އަންނަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.
ކޫއްޑޫ އައިސް ޕްލާންޓްގެ ޚިދުމަތް މެދުކެނޑިފައިވަނީ ކަރަންޓް މައްސަލައެއް ދިމާވެގެންނެވެ. މިފްކޯއިން މިއަދު ބުނީ، އައިސް ޕްލާންޓުގެ ޖަނަރޭޓަރ ފަންކްޝަންސް ޗެކް ކުރުމާ އަދި ކަރަންޓުގަ ދިމާވާ މައްސަލަ ދެނެގަތުމުގެ މަރުހަލާ އިންޖިނިއަރުންގެ ޓީމުން މިހާރު ނިންމާފައިވާކަމަށާއި، ދެން އޮތީ އެ ޕްލާންޓް ހިންގުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މަސައްކަތްކަމަށެވެ. އެގޮތުން، ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި އިންޖިނިއަރުން މަސައްކަތްކުރަމުން އަންނަކަމަށާއި، އިތުރު އިންޖިނިއަރުން ކޫއްޑޫގެ އިންޖިނިއަރިން ޓީމާ ގުޅި، އެތަން އޮޕަރޭޝަނަށް ގެންނާނެކަމަށް މިފްކޯއިން މިއަދު ބުންޏެވެ.












