ތ. އަތޮޅު ވިލިފުށީ މަސް މާރުކޭޓް އިމާރާތް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ، އެކައުންސިލުން އެރަށުގެ ދެކުނުކޮޅުން ހުޅަނގު ފަރާތުގައިހުރި މަސް މާރުކޭޓް އިމާރާތް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދިން ދެވަނަ ފަހަރެވެ. ވިލިފުށީ ކައުންސިލުން ބުނީ، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލީ އެތަން ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިދިޔަމަހުގެ 29ވަނަ ދުވަހު ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީކަމަށެވެ. ކައުންސިލުން މާރުކޭޓް އިމާރާތް ކުއްޔަށްދޭން ނިންމީ ބައެއް ފަރާތްތަކުން އެތަން ކުއްޔަށް ހިފުމުގެ ޝަޢުޤުވެރިކަން ފާޅުކުރަމުންދާތީއެވެ.












