ބ. މާއްޑޫ ބޭރުގައި ފަރު މަސްވެރިކަމަށް ނުވަތަ ސްޕޯޓްސް ފިޝިންގއަށް ޚާއްސަ ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު މި ކަނދުފަތި އަޅާފައިވަނީ މާއްޑޫގެ އިރުން 6 މޭލު ބޭރުގައެވެ. ކަނދުފަތީގެ ނަންބަރަކީ، F09V04 އެވެ.

އަލަށް ގާއިމުކުރެވުނު މި ކަނދުފައްޗާއެކު ބ އަތޮޅުގައި ގާއިމުކޮށްފައިވާ ވަދު ކަނދުފަތީގެ އަދަދުވަނީ 2 އަށް އަރާފަ އެެވެ. އަނެއް ވަދު ކަނދުފަތި އޮންނަނީ ބ. މަދިރިވާދޫގެ އިރުން 5 މޭލު ބޭރުގަ އެވެ.
ބ އަތޮޅުގައި ދޮށީ މަސްވެރިކަމަށް ޚާއްސަ 4 ކަނދުފަތިވެސް އޮވެއެވެ. އެ ކަނދުފަތި އަޅާފައިވާ ސަރަހައްދުތަކަކީ:
ވަދު ކަނދުފައްޗާއި ދޮށީ ކަނދުފަތި އެޅުމުގެ މަސައްކަތް ކުރަމުންދަނީ ފިޝަރީޒް މިނިސްޓްރީގެ ފަންނީ ޓީމަކުންނެވެ. ވަކި އުސޫލެއްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެޓީމުން އަލަށް ކަނދުފަތި އަޅަމުން އަންނައިރު، އެދަތުރުގެ ތެރޭގައި ހިމަނައިގެން ކަނޑައިގެންގޮސްފައިވާ ކަނދުފަތިތައްވެސް މަރާމާތުކުރެއެވެ.
މުޖުތަމައު
ވިޔަފާރި