އެންމެ ކުދ،ި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ޚާއްސަކޮށްގެން، ’ބުލޫ އިކޮނޮމީ‘ މަފުހޫމާ ގުޅޭ މަޝްރޫޢުތައް އެ ވިޔަފާރިތަކުން ހިންގުމަށް މަގުފަހިކުރުމަށްޓަަކައި ޖޮއިންޓް ފައިނޭންސިންގ ފެސިލިޓީ(ޖޭއެފްއެފް) އެއް ތައާރަފްކޮށްފި އެވެ.
ކެޕިޓަލް މާކެޓް ޑެވެލޮޕްމެންޓް އޮތޯރިޓީ(ސީއެމްޑީއޭ) އިން ބުނިގޮތުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ އެހީއާއެކު ތައާރަފްކުރި މި ފެސިލިޓީއަކީ ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމް(ޔޫއެންޑީޕީ) އާއި އެ އޮތޯރިޓީ ގުޅިގެން ތައާރަފްކުރި ވަސީލަތެކެވެ. މި ވަސީލަތް މެދުވެރިކޮށް ފައިނޭންސިންގ ފޯރުކޮށްދިނުމުގެ އޮނިގަނޑެއް މިހާރު ތައާރަފްކޮށްފައިވާކަމަށް ވެސް ސީއެމްޑިއޭއިން ބުންޏެވެ.
’ބުލޫ އިކޮނޮމީ ފައިނޭންސިންގ ފެސިލިޓީ‘ ނަމުގައި ތައާރަފްކުރި މި އޮނިގަނޑު ފަރުމާކުރެވިފައިވަނ،ީ މަސްވެރިކަމާއި ފަތުރުވެރިކަމާއި ކަނޑުފަޅުގެ ވިޔަފާރިއާއި ޚިދުމަތްތަކުގެ ތެރެއިން ’ވެލިއު އެޑެޑް އެންޑް ސަސްޓެއިނަބިލިޓީ އޮރިއެންޓެޑް‘ ވިޔަފާރިތަކަށް ރައުސްމާލު ހޯދުމުގައ،ި ޒަމާނުއްސުރެ ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދެވޭނެ ގޮތަށެވެ. މިގޮތުން، ބޭންކުތަކާއ،ި ޕްރިންސިޕަލް އެޑްވައިޒަރުންނާއި އަދި މި ނޫންވެސް މާލީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް މެދުވެރިކޮށް، އެ ފަދަ ކުންފުނިތަކުގެ ޚަރަދުން ކަނޑައެޅިފައިވާ މިންވަރެއް ކަވަރުކޮށްދީގެން، ހެޔޮ އަގުތަކެއްގައި ފަންޑު ފޯރުކޮށްދިނުމަށް މި ވަސީލަތުން މަގުފަހިކޮށްދޭނެކަމަށް ސީއެމްޑިއޭއިން ބުނެފައި ވެއެވެ.
ޖޭއެފްއެފް ތައާރަފު ކުރުމަކީ ދިވެހިރާއްޖޭގައި ވަރުގަދަ މާލީ އާކިޓެކްޗަރެއް ބިނާކުރުމުގައި ކެޕިޓަލް މާރކެޓްގެ ދައުރު ފުޅާކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއްގެ އިތުރުން، ބޭންކިންގ އަދި ކެޕިޓަލް މާރކެޓުން ފަހިކުރެވޭ މަގުތަކުގެ ބޭނުންހިފައ،ި ދެމެހެއްޓެނިވި އިންވެސްޓްމަންޓުތައް މެދުވެރިކޮށް ’ބުލޫ އެންޑް އިންކްލޫސިވް‘ އިގްތިސާދަކަށް ބަދަލުވުމަށް އެހީތެރިވެދޭނެކަމެއްގެ ގޮތުގައި ސީއެމްޑީއޭއިން ސިފަކޮށްފައި ވެއެވެ.