ހޮރައިޒަން ފިޝަރީޒްގެ މާންދޫ ދޯނީގެ ކެޕްޓަން މަގުމަތީގެ އެކްސިޑެންޓެއްގައި ނިޔާވެއްޖެއެވެ.
ހޮރައިޒަންފިޝަރީޒްގެ މާންދޫ ދޯނީގެ ކެޕްޓަނަކީ، ލ. މާބައިދޫ ސޫރަޖް ވިލާ އުމުރުން 30 އަހަރުގެ، އިބްރާހިމް ނައުޒަމް އެވެ. އޭނާ ނިޔާވީ ރޭ މާންދޫ އާއި ގަން ގުޅޭ ހިސާބުގައި ލ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓުގައި ލިބުނު ޒަޚަމްތަކާއި ގުޅިގެންނެވެ. މިއެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލް ކޮންޓްރޯލް ނުވެގެންނެވެ.









