ކުޑަހުވަދޫގައި މަސްވެރިކަމުގެ ދާއިރާގައި ހުރި ދަތިތަކާއި ބެހޭގޮތުން މަޝްވަރާކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މިނިސްޓަރ އަޙްމަދު ޝިޔާމު ދ. ކުޑަހުވަދޫ ކައުންސިލާއި އިންތިޚާބީ ކެނޑިޑޭޓާ ބައްދަލުކުރައްވައި ކުޑަހުވަދޫގައި މަސްވެރިކަމުގެ ދާއިރާގައި ހުރި ދަތިތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވާކަަމަށެވެ.

މި ބައްދަލުވުމުގައި، ކުޑަހުވަދޫގައި މަސް ޕްރޮސެސްކުރާ ކާރުޙާނާއެއް ގާއިމުކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމުގައި ކައުންސިލުންނާއި އިންތިޚާބީ ކެންޑިޑޭޓު ވަނީ ފާހަނގަ ކުރައްވާފަ އެވެ.