ހއ. ހޯރަފުށީ މަސްކަނޑާ ވާޓަރުގައި ޖަހާފައިވާ މޫޓް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފި އެވެ.
މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރޭ 09:00 އާ ހަމަޔަށް އަގު ހުށަހެޅުމުގެ ފުރުސަތު ކައުންސިލުން ދީފައި ވެއެވެ. ސުންގަޑި ހަމަވީއިރު އަގު ހުށަހަޅާފައިވަނީ ކިތައް ފަރާތަކުންކަމެއް އަދި ނޭނގެއެވެ.
ކައުންސިލުން ބުނީ، މަސައްކަތް ކުރުމަށް ހޮވޭ ފަރާތުން، އެ އިދާރާއިން ދައްކާ ސަރަަހަދެއްގައި ކައުންސިލުން ބުނާ ފެންވަރުގެ ތަކެތި ބޭނުންކޮށްގެން މަސައްކަތް ފުރިހަމަަ ކުރަންވާނެކަމަށެވެ. އަދި، އެ މަސައްކަތް ކުރަން ޖެހޭނީ ކައުންސިލް މުވައްޒަފެއްގެ ހާޒިރުގައި ކަމަށް ބުނެފައި ވެއެވެ.










