މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ކ. ކަނޑުއޮތްގިރީގައި ހިންގަމުންގެންދިޔަ ފެކްޓްރީގައި ބޭނުންކުރި ކަންނެލި ފޮށިތަކެއް ނީލަމުގައި ވިއްކާލަން ނިންމައިފި އެވެ.
މިފްކޯއިން ބުނީ، ނީލަމުގައި ވިއްކާލުމަށް ނިންމާފައިވަނީ، އެ ފެކްޓަރީގައި ބޭނުންކޮށް ހަލާކުވެފައިވާ 35 ފައިބަރު ކަންނެލި ފޮށިކަމަށެވެ. އަދި، ފޮއްޓަކަށް ނީލަން ފެށޭ އަގަކީ 5،000ރުފިޔާކަމަށް މިފްކޯއިން ބުނެފައި ވެއެވެ. އެކުންފުނިން މިހާރު ވަނީ މި ފޮށިތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މާދަމާ މެންދުރުފަހު 02:00 ޖެހުމާ ހަމަޔަށް ރަޖިސްޓްރީ ކުރެވެއެވެ.
މިފްކޯއިން ބުނީ، ނީލަން ކުރިއަށް ގެންދާނީ މިމަހުގެ 16 ވަނަ ދުވަހު، ހެނދުނު 11:00 ޖަހާއިރު، މިފްކޯ ހެޑް އްފީސް މީޓިންގ ރޫމްގައި ކަމަށެވެ. ނީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ނީލަން ބާއްވާ ތަނަށް ހާޒިރުވާން ޖެހޭނެއެވެ. އަދި، ހާޒިރުވާ ކޮންމެ ފަރާތަކުންވެސް އެފަރާތަކުން ފޮއްޓަކަށް ކިޔާ އަގު ސީލްކުރެވިފައިވާ ސިޓީއެއް މެދުވެރިކޮށް ނީލަން ފެށުމުގެކުރިން ހުށަހަޅަންވާނެކަމަށް މިފްކޯއިން ބުނެފައި ވެއެވެ.












