މަސްކައްކާ ހިއްކުމަށާއި، ހުއިފިލަނޑާ ކައްކާ ހިއްކުމަށް ލ. ގަމުން ބިންތަކެއް ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިިފިއެވެ.
ލ.ގަމު ކައުންސިލުން މިކަމާގުޅޭގޮތުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ލ. ގަމުން މަސްކައްކާ ހިއްކުމަށާއި، ހުއިފިލަނޑާ ކައްކާ ހިއްކުމަށާއި މިފަދަ މަސައްކަތްތަކަށް B1 B2, ނަންބަރު“ ބިންތަށް ކުއްޔަށް ނަގާނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އަދި، މި ކަމަށް ޝައުޤުވެރިވާ، ފަރާތްތަކަށް 17 ޖުލައި 2025 ގެ 12:00 ގެކުރިން ކައުންސިލް އިދާރާއިން ބިޑް ޑޮކިއުމަންޓް ގަތުމަށްފަހު ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. ބިޑް ޑޮކިއުމެންޓްގެ އަގަކީ 100 ރުފިޔާ އެވެ.
ބިން ކުައްޔަށް ހިފަން ބޭނުންވާ ފަރާތްތަކެއް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ބީލަން ހުށަހެޅުން އޮންނާނީ މިމަހުގެ22 ވަނަ ދުވަހު ކައުންސިލް އިދާރާގެ ސެމިނަރ ރޫމްގައެވެ. ބީލަން ހުށައެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށާއި، ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 22 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 12:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ޙާޒިރުވެ ނުވަތަ 6801024 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ލ. ގަމަކީ ރާއްޖޭގެ އެންމެ ބޮޑު ރަށެވެ. އެއީ ދޮށީގެ މަސްވެރިކަމާއި، ހުއި ފިލަނޑާގެ މަސްވެރިކަން އަދި ފަރުމަސްވެރިކަން ކުރާ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ.