މޫސުން ގޯސްވުމާއި ގުޅިގެން، މޫސުމާ ބެހޭ ގައުމީ އިދާރާއިން 10 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފި އެވެ.
ހެނދުނު 10:00 ގައި ރީނދޫ ސަމާލު ނެރެފައިވަނީ، ހއ އިން ފެށިގެން އދ އަތޮޅާ ހަމަޔަށެވެ. އެ ސަމާލުގައި، އެއަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފައިވެއެވެ. ސަމާލުގެ މުއްދަތު ހަވަމާނެ މެންދުރު 02:00 އަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފައިވަނީ، ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިޔަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެކަމަށެވެ. އެގޮތުން އާންމު ވައިގަދަވެ ކަޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ވައި އަދި ކަނޑުތައް ގަދަވާނެކަމަށް ލަަފާކޮށްފައިވެއެވެ. އަދި، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރައި، އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް އެއިދާރާއިން ބުނެފައި ވެއެވެ.
މޫސުން ގޯސްވެފައިވާތީ ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ދަތުރުވެރިން މޫސުމާބެހޭ މައުލޫމާތު އަދާހަމަކުރުމާއެކު، މޫސުމަށް ސަމާލުވުމަށް މުސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.