ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މުޅި ރާއްޖެއަށް ހުޅުވާލައިގެން މިއަދު ފެށި ފަރުމަސްވެރިކަމުގެ މުބާރާތުގައި ގއ. ގެމެނަފުށިން ބައިވެރިވި ޓީމުތައް މަހަށް ފުރައިފި އެވެ.
ގެމަނަފުށިން މި މިމުބާރާތުގައި 10ޓީމް ބައިވެރިވިއެވެ. މިއަދު ގެމަނަފުށީ އަައިސް ޕްލާންޓާ ދިމާލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތަކާއެކެ ގެމެނަފުށި ޓީމުތައް މަހަށް ފުރީ 15:00ގައެވެ.
މި މުބާރާތުގައި ބައިވެރިވި ގެމަނަފުށީ ޓީމުތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެރަށު ކައުންސިލުން ވަނީ ކޮންމެ ޓީމަކަށްވެސް އިނާމެއްގެގޮތުގައި 500 ރުފިޔާ ދޭން ނިންމާފައެވެ. މީގެ އިތުރުން އެއްވަނައަށްދާ ޓީމަކަށް 5000 ރުފިޔާ، ދެވަނަޔަށްދާ ޓީމަކަށް 2،500 ރުފިޔާ، ތިން ވަޔަށްދާ ޓީމަކަށް 15،00 ރުފިޔާ އަދި އެންމެ ބަރު މަސް ބާނާ ފަރާތަކަށް 500 ރުފިޔާގެ އިނާމެއް ދިނުމަށްވެސް ކައުންސިލުން ވަނީ ނިންމާފައެވެ.











