ނ. ލަންދޫ ދޯނި އެހެލާ ސަރަޙައްދާއި ފަތާ ސަރަޙައްދު ތަރައްޤީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ(އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައ،ި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، އިސްމާޢިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވ،ީ މި ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ، އަޙްމަދު ޝަރީފު އަބްދުލް ރަޙްމާން ޔޫސުފެވެ.
މި މަޝްރޫޢުގެ ދަށުން، 24,800 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއ،ި 320 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއ،ި 420 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫޢަކީ 47.86 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
750 މީހުންގެ އާބާދީއެއް ދިރިއުޅޭ ލަންދޫއަކީ ގާމަތީ ރަށެކެވެ. އެރަށު އޮޑިވެރިން މިހާރު އޮޑި ދޯނި ފަހަރު އެހެލަނީ ޢާއްމުން ދިރިއުޅޭ ސަރަޙައްދާއި ކައިރީގާ ކަމުން، ރަށު ރައްޔިތުންނަށް އެކަމުން ނޭދެވޭ އަސަރު އަންނަނީ ކުރަމުންނެވެ. މަޝްރޫއުން ނިމިގެންދާއިރު، ތަރައްޤީކުރެވިފައިވާ ވަކި ސަރަހައްދެއް ދޯނި އެހެލުމުގެ މަސައްކަތައް ޙާއްސަ ކުރެވިގެންދާނެއެވެ.