ށ. ފުނަދޫގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާ އައިސް ޕްލާންޓްގެ މަސައްކަތް އަންނަ ރޯދަމަހަށް ފަހު ފަށާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހްމދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސްއާ އެކު އުތުރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުުރުގައި ފުނަދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރޯދަ މަސް ނިމުމުން އައިސް ޕްލާންޓުގެ މަސައްކަތް ފެށޭވަރު ވާނެ ކަމަށާއި، އަމާޒަކީ ތިން މަސް ދުވަހުގެ ތެރޭގައި އެ ޕްލާންޓް ގާއިމުކޮށް ނިންމާލުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.












