ރާއްޖޭގެ ކަނޑުގެ ޚާއްސަ އިގުތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގަނެފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނީ، ދިވެހި ރާއްޖޭގެ އިގުތިޞާދީ ޚާއްސަ ސަރަަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގ މަސްބޯޓެއް އަތުލައިގަނެ ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި ބޯޓް އަތުލައިގަތްއިރު، އޭގައި ތިބި ފަސް މީހުންނާއެކު، އެ ބޯޓް މާލޭ ބަނދަރަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ. އަތުލައިގަތް ބޯޓަކީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓެއްކަމެއް އަދި ސާފެއް ނުވެއެވެ.
ރާއްޖޭގެ އިގުތިސާދީ ޚާއްސަ ސަރަހައްދަށް ގަވައިދާ ޚިލާފަށް ވަދެ މަސްވެރިކަން ކުރަމުން އަންނަ އުޅަނދުތައް ދޭތެރެ ދޭތެރެއިން ކޯސްޓްގާޑުން އަތުލައިގަނެއެވެ. އަތުލައިގަންނަ ބޯޓްތައް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންގޮސް، ކޯޓް މަރުހަލާ ނިންމައި، އެފަދަ އުޅަނދު ނިސްބަތްވާ ކުންފުނި ޖޫރިމަނާކޮށް، ބައެއް ހާލަތްތަކުގައި އެފަދަ އުޅަނދުތައް ދައުލަތައް ނަގާފަވެސް އެބަހުއްޓެވެ.












