ރ.އަނގޮޅުތީމު މޫދަށް އެރޭ ސަރަހައްދުގެ ގޮޑުދޮށަށް ދޯނިފަހަރު އެހެލުން މަނާކޮށްފިއެވެ.

ކައުންސިލުން ބުނީ، މޫދަށް އެރޭ ސަރަހައްދުގެ ގޮޑުށަށް ދޯނިފަހަރު އެހެލައި ފެހިކަހައި މަރާމާތުކޮށް ތެޔޮކަޑި،އިންޓަފޯލް ލައި ހެދުމަކީ ތަނުގެ ސާފުތާހިރުކަން ގެއްލި ތަން ހަޑިވާނެ ކަމެއްކަމަށެވެ. އަދި ގިނަފަހަރު ކަނދުތަކާއި ތަރައްޕަތް ފަދަ ތަކެތިވެސް ތަރުތީބެއްނެތި އެތައް މިތާ އުކާލާތީ އެސަރަހައްދު ބޭނުނުންކުރާ ފަރާތްތަކަށް، ޚާއްޞަކޮށް ކުޑަކުދިންނަށް ވަރަށްބޮޑަށް އުދަގޫވާކަން ކައުންސިލަށް ފާހަގަކުރެވިފައިވާކަމަށެވެ.

އުނގޫފާރު ކައުންސިލުން ބުނީ އެ ސަބަބުތަކާހުރެ، ގޮނޑު ދޮށަށް އެރޭ ހިސާބުކަމުގައިވާ އެ ސަރަހައްދުގެ ދެކޮޅު ހުރަސްތޮށިގަނޑުގެ ދެމެދަށް އެއްވެސް އުޅަނދެއް އެހެލުން މިހާރު މަނާކޮށްފައިވާ ކަމަށެވެ. އަދި، އެސަރަހައްދުގެ މޫދަށް އުޅަނދު ވައްދައިގެން ފެހިކަހާ، ތެޔޮބަދަލްކޮށް އެ މޫދު ހަޑިވާނެ އެއްވެސް ކަމެއް ކުރުމަކީވެސް މަނާކަމެެއްކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށް އެކައުންސިލުން ބުނެފައިވެއެވެ.